Wednesday, June 13, 2012

ޑރ. ވަހީދު ރައީސްކަން ހޯދީ އޭނާގެބައްޕަ ބެރު މުހައްމަދު ކަލޭފާނުގެ މުދަލާ ގެޔާއި ގޯތި ފޭރިގަތްގޮތަށެވެ





 (ފުރަތަމަ ބައި)


ވަހީދުގެ ބައްޕަ ހަނދުވަރު ހަސަންމަނިކަކީ ރ.އިނގުރައިދޫ އިބުރާހިމްމަނިކުގެ ދަރިއެކެވެ. މިހަސަންމަނިކު މާލެއަށް ގެންނެވީ ވެލެޒިނީގެ ކާފަ ވަލުގަނޑުވަރު އިސްމާއިލް ދީދީ އެގޭގެ ބާއްޒާރުކުރާށެވެ. އިސްމާއިލް ދީދީގެގެއަކީ ޗާންދަނީމަގުގައި ހުންނަ ޗާލީފިހާރަ ހަދާފައިވާ އެއިރު ހަންދުވަރުމަތީގެއެވެ. ހަސަންމަނިކު އެގޭގައިހުރިދުވަސްވަރު އަމިއްލައަށް ހަނދުވަރު ހަސަންމަނިކަށް ބަދަލުވިއެވެ.


   ހަސަންމަނިކާ ބެރު މުހައްމަދު ކަލޭފާނު ބައްދަލުވިއިރު ކަލޭފާނަކީ ބުއްދިހަމަމީހެއްނޫނެވެ.  ހަސަންމަނިކު ބެރު މުހައްމަދު ކަލޭފާނު ގޮވައިގެން ޝަރީއަތަށްގޮސް މުހައްމަދު ކަލޭފާނު ބެލުމަށާއި މަރުވެއްޖެނަމަ ވަޅުލުމަށް ޝަރުތުކޮށް ކަލޭފާނުގެ މުދަލާ ގެއާއި ގޯތި މއ.ކުދިމާގެ ހަސަންމަނިކުގެނަމަށް ބަދަލުކުރިއެވެ. ހަމައެއާއެކު ކުދިމާގޭގެނަން މއ.ސިލްވަރސީންއަށް ބަދަލުކުރިއެވެ. އެދުވަސްވަރު ގެއެއްގެ ބާއްޒާރުކުރަން ގެނައިކުއްޖަކަށް މީހަކު ބަލާ މަރުވެއްޖެނަމަ ވަޅުލާނީ ކިހިނަކުންތޯއެވެ؟ މުހަމަދުއްކަލޭފާނު ނިޔާވެގެން ކަށުކަމާކެމީގެ ކަންތަކާ އަދިއޭނާވަޅުލީ ކޮންބައެއްކަން ހަސަންމަނިކަށް
 ހަމަނޭގެނީހެއްޔެވެ؟

މުހައްމަދުކަލޭފާނު ނިޔާވީ ހުކުރުދުވަހެއްގައެވެ. އެރޭމުހައްމަދުކަލޭފާނުގެ ކޮޓަރީގައި ހަސަންމަނިކު އުޅެފައި ނިކުތްފަހުން އަނެއްދުވަހު ފެނުނީ މުހައްމަދު ކަލޭފާނު މަރުވެފައިއޮއްވައެވެ. ޝަރުތު ފުރިހަމަކުރުމަށްޓަކައި މުހައްމަދުކަލޭފާނު ވަޅުވެސް ނުލިއެވެ. އޭނާ ވަޅުލީ އެހެން ބައެކެވެ.
އޭރުވެސް ކަލޭފާނުގެ 4 ދަރިން ދުނިޔޭގައިތިއްބެވެ. އެހަތަރު ދަރީން ގެއިންނެރެ މަގުމަތިކޮށްފައި މުހައްމަދު ކަލޭފާނުގެ ގެޔާއި މުދާ ؛ 2 ރަންފައްޓަރުބަޔާ، 12 ބަކަރިޔާ ހިފާގެންގުޅޭ ހުރިހާސާމާނާއި މުޅިމުދައު ހަސަންމަނިކު ފޭރިގަތީއެވެ. އެހަތަރު ޔަތީމު ކުދީން ބޯހިޔާކޮށްލާނެ ވަޒަނެއްނެތި ވަނީބިކަވެފައެވެ. އޭގެތެރެއިން ދެމީހުން އުޅުނީ ރާއްޖެތެރޭގައެވެ. ރާއްޖެތެރޭގައި ދިރިއުޅުނު ފަރިޔާލުވަނީ ނިޔާވެފައެވެ. ފިރިހެނދަރި ދިރިއުޅެނީ ދ އަތޮޅު ކުޑަހުވަދޫގައި ގެއެއްކުއްޔަށް ހިފައިގެންނެވެ.

މީހެއްގެ 4 ދަރީން ތިބެފައި އޭގެތެރެއިން ދޮށީފިރިހެންދަރީގެ އުމުރުން 19 އަހަރު ވެފައިހުއްޓާ ދުރުހިލޭމީހަކަށް އޭނާގެ މުޅިމުދާދެވޭނީ ކޮންހަމަޔަކުން ކޮން ޤާނޫނަކުންތޯއެވެ؟
ކުދިންތަކެއްގެ ބައްޕަގެމުދަލުން ޒައްރާއެއްގެ މިންވަރުވެސް އެކުދިންނަށްނުދީ ދުރުހިލޭމީހަކަށް ހުރިހާމުދަލެއްދިނުން އެއީ އިސްލާމްދީން ރުހޭގޮތްތޯއެވެ؟  

"ހަނދުވަރު" ހަސަންމަނިކު މުހައްމަދު ކަލޭފާނުގެ 4 ދަރިން މަގުމަތިކޮށްފައި ހުރިނަމަ ހުރިހާމުދަލަކާއި ގެއާއި ގޯތި ފޭރިގަތްގޮތަށް ވަހީދު ވަނީ ރާއްޖޭގެ ވެރިކަން ފޭރިގަތްފައެވެ. އޭތި އޭތީގެ އަސްލަށް ރުޖޫއަވީއެވެ.

No comments:

Post a Comment