1- އައްޑޫގައި ބަހައްޓާފައި ހުރި ބުދުތައް ނައްތާލުން.
ތެދެއް އައްޑޫ މޮނިއުމަންޓްގައި ހުރީ ހަމަ ބުދު އެއެއްޗެތި ނައްތާލާ އަދި އެކަންކުރި މީހުންނަށް ހައްޤު އަދަބު ދޭންޖެހޭނެ. މީގައި އުފެދޭ ސުވާލަކީ، މިބޭފުޅުން ކީއްވެތޯ ދާރުލްއާސާރުގައި ހިމާޔައްކޮށްފައިވާ ކުރީގައި އަޅުކަންކުރި ބުދުތައް ނައްތާލަން ގޮވާނުލީ އަދި އުސްތުބާ ޑާގަބާ ގެނަމުގައި މައުމޫނުގެ ވެރިކަމުގައި އަހަރެމެންނަށް ކިޔަވާކުދިންނަށް ދިވެހި ތާރީހުގެ ނަމުގައި ދަސްކޮށް ދީފައިވާ، އައްބާސް އިބްރާހީމް ނުހަނު ލޯތްބާއެކު ހިމާޔަތް ކޮށްފައިވާ ޤަދީމީ ބުދުފައްޅިތައް ނައްތަލުމަށް ނުއެދުނީ. އެތަންތަނަކީ މިހާރުވެސް މިރާއްޖޭގައި ހިމާޔަތް ކޮށްފައިވާތަންތަން. ވިސްނަވާލައްވާ ތިޔަބޭފުޅާ ކާފަރުން ދިރިއުޅޭ ހުސް ބުދު ފައްޅިތައްހުރި ގައުމެއްގައި ވަނިކޮށް އެތަނުގައިި ޒަމާންވީ އާސާރީ މިސްކިތެއް ހުރި ހަބަރު ލިބިއްޖެނަމަ އެތަނައްވަޑައިނަވާނަންތޯއެވެ. ހަމައެއުސޫލުން މިތާގައި އުޅޭ ކާފަރުން އެހިމާޔަތްކޮށްފައިވާ ފައްޅިތައްކައިރިއަށްގޮސް އަޅުކަންކޮށް ދުއާކޮށް ހަދައެވެ. މިފަސްގަޑުގައި އެފަދަ މުޑުދާރު ތަންތަން ހިމާޔަތްކޮށްފައި ބަހައްޓަން ހެޔޮވާނެތޯއެވެ. ނަމަވެސް ބޮޑުމުޒާހަރާގައި މިކަމަށް މުޒާހަރާގެ ބައިވެރީން ކިތަންމެބޮޑަށް އެދުނު ކަމުގައި ވިއަސް އިންތިޒާމުކުރި ފަރާތްތަކުން މިބައި ދޫކޮށްލީ ފަތުރުވެރިކަމަށް ކޮށްފާނެ އަސަރަކަށްބަލާފައެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ މިމުޒާހަރާރޭވުމުގައި އަޑީގައިތިބި ގާސިމް އިބްރާހިމް ، ޔާމީން އަދި ޗަންޕާގެ އަމިއްލަ ފައިދާ، މަސްލަހަތައްޓަކައެވެ. މީ ﷲ އަށް ނަސްރުދިނުންތޯއެވެ؟
2 ރައްޔިތުންގެ މަޖިލީހުގައި ނަވަނިތަމް ޕިއްލޭ ދެއްކެވި ވާހަކަތައް ރައީސް މުހަންމަދު ނަޝީދު ކުށްވެރި ކުރެއްވުން.
ކޮންމެ ތާކުން މިރާއްޖެއަށް ފާވި ޕިއްލޭ އެއްކަމުގައިވިއަސް ، ﷲ ތައާލާ ކަޑައަޅުއްވާފައިވާ ހުކުމްތައް ކަމުނުދާކަމަށްބުނެ ފާޑުކިޔުމުން ވަލިއުލް އަމްރު ގެމަޤާމުގައި ހުރިމީހާ އެއަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން ޖެހޭނެ.
މީގައި އުފެދޭ ސުވާލަކީ، ޝޭހު އިމްރާން މިކަން އިއުލާނުކުރެއްވިއިރު " ރައްޔިތުންގެ މަޖިލީހުގައި ނަވަނިތަމް ޕިއްލޭ ދެއްކެވި ވާހަކަތައް" މިހެން ވިދާޅުވިއިރު ޕިއްލޭ އެވާހަކައެއް ދައްކައިގެން މިއުޅެނީ ރައްޔިތުންގެ މަޖިލީހުގައިކަން އިމްރާނަށްވެސް އަދި ދިވެހި އެންމެހާ ރައްޔިތުންނަށްވެސް އެގޭ އަދި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކުމަށް ދައުވަތު ދިނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަންވެސްއެގޭނެ އެވެ. ދެމަޤާމެއްފުރާ ދެރައީސުން އޮޅުވާނުލާށެވެ. ރައްޔިތުންގެ މަޖިލީހުގައި އެވަގުތުތިބީ ކިރުތުބުން ނުވީއްލޭ ތުއްތު ކުދީންތަކެއްތޯ؟ އެވާހަކަ ދެއްކިއިރު ވަގުތުންނުހުއްޓުވީ، އަދިއެކަން ކުއްވެރި ނުކުރީ... ބޮޑުމުޒާހަރާގައި ދީނީ "ވާހަކަ" ދެއްކި ޑރ. އަފްރާޝީމް، ޕިއްލޭގެ ވާހަކަ ނުހުއްޓުވާ އެވާހަކަތައް އަޑުއަހަން އެވަގުތު ހެވިދިލިފައި އެމަޖިލީހުގައި އިނީ ކޯޗެއް ބޮއެގެންތޯ؟ ކޮން ހިނދުކޮޅެއް އައިސްފަތޯ؟ މުތަލިބު، ތަސްމީން، ޔާމީން، ނިހާނު، މަހުލޫފު އަދި މިނޫންވެސް ބޮޑުމުޒާހަރާގެ މޫނުމަތީގައި ތިބެ ވާހަކަދެއްކި ކިތައްމީހުން އެކާފަރު އަންހެނާގެ އަޑުއަހަން އަނގައިން ސޮނިފައިބާފައި ތިއްބެފައި، މިހާރު ނިކުމެ ތިއުޅެނީ ހަމަ ﷲތައާލާގެ ދީނަށް ނަސްރުދޭން ހެއްޔެވެ؟ ނުވަތަ ވެރިކަމުގެ ދަހިވެތިކަމުގައި ހެއްޔެވެ؟
އެވަގުތު މަޖިލީހުގައިތިބި ހުރިހާމެންބަރުން އެކަން ކުއްވެރި ކުރުމުގެ އިތުރުން، ޕިއްލޭ މިނުބައި އަމަލުހިންގަން ފުރުސަތު ދިނީތީ އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންގެ ކިބައިން އެމީހުން މައާފައް އެދެންޖެހޭނެއެވެ. ނަމަވެސް މިކަން މިގޮތައް ކުރުވުމުގެ ބަދަލުގައި އިމްރާނާއި ޝަހީމުމެން ފެންނަންއިސްކޮށްތިބެގެން އުޅުނީ ހަޤީގަތްއޮޅުވާލާ ދީނަށް ނަސްރުދިނުމުގެނަމުގައި ވެރިކަން ފިރުކައިގަނެ އެޚާއިނުންނަށް ވެރިކަން ހޯދައިދޭށެވެ.
ޝޭހު އިލިޔާސްގެ އެއްފަރާތުގައި އަފްރާޝީމހުއްޓާ ފެނުމުން ވަރައް ހައިރާންވެ ހިތާމަކުރީމެވެ. އެހެނީ ޝޭހު އިލިޔާހަކީ ސުންނަތާއި އެއްގޮތައް ދަލީލު ދައްކާ ލަވަޔާއި މިއުޒިކް އަދި ﷲތައާލާ ފިޔަވާ މަރުވެފައިވާ މީހުންގެކިބައިން އެކިކަންކަމުގައި ވާގިއެދި ނަދުރުބުނުން އެއީ ޝަރީކުކުރުން ކަމުގައި އަދި އެއީ ހަރާމްކަންތައްކަމައް ދަރުސްތަކުގައި ބުނަމުން އަންނަ މީހެކެވެ.
މިއާ އިދިކޮޅައް އަފަރާޝީމަކީ މިއުޒިކާއި ލަވަ ހުއްދަކަމަށްފާޅުގައި ބުނެ އަދި "ކަލޭބަލައްޗޭ މުޅިރާއްޖެއަށް އަހަރެން މިއުޒިކާލަވަފަތުރާނަން" (http://www.youtube.com/watch?v=mOL9Pm2-k-4&feature=related ) އަދި ސްޓޭޖެއްގައި މިއުޒިކުޖަހައިގެން ލޯބީގެ ލަވައެއްކިޔަނިކޮށް ޓީވީއިން ދައްކާ އަދި ޒިޔާރަތް ޒިޔާރަތުގައިވާ މައްޔިތުންނަށް ނަދުރުބުނުން މިއީހުއްދަކަމެއްކަމައްބުނެ "ޑރ މަޖީދު ނިޔާވެއްޖެނަމަ އޭނާގެ ފަރާތުންވެސް" ﷲގެހަޒްރަތުގައި އޭނާމެދުވެރިކޮށް ކަންކަމައްއެދި ދަންނަވައިދިނުމަށް އެދޭނަންކަމަށް (ރިކޯޑިންގް http://www.youtube.com/watch?v=ld-8c5DYtPE ) ބުނެފައި އެވަރުންވެސް ނުފުދިގެން "ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ސޫފީއެއް" ކަމަށްބުނި އިންސީންގެތެރެއިންވާ ޝައިތޯނެކެވެ. ޝޭހު އިލިޔާސް ވިދާޅުވާގޮތުން ކުފުރުވެފައިވާ އާންމުތެރޭގައި މަޝްހޫރު ނަމުންނަމަ ޑޮކްޓަރ ޖަރާސީމު، "ސިޔާސީގޮތުން ދެބުރަކަށި ޖެހިފައިވާ މީހުންވެސް މިތިބީ ދީނައްޓަކައި" އެއްބައެއްގެ ގޮތުގައި ކަމަށް އިއުލާނުކުރުމުން މިކަން ރޭވި ފަރާތްތަކުގެ މަގުސަދަކީ ދީނަށް ނަސްރުދިނުން ނޫންކަން އެގިފާޅުވެއެވެ. މިކަން ޤަބޫލުކުރެވޭނީ ކިހިނެއްތޯއެވެ؟ ޝޭޚުއިލިޔާސް ފައިސާއާއި މުދަލުގެ ދަހިވެތިކަމުގައި ތިކުޅައަމަލުގެ ހުރި ނުބައިކަމުގެ ބޮޑުކަމާއެވެ! އަހަރެމެންގެ ޅަދަރީން ކަލޭމެން ހައްޤުބަހެއްބުނިކަމުގައިވިޔަސް ޤަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟
އިލުމުވެރިއެއްކަމަށް ދައުވާކުރަމުން އަފުރާޝީމު މިފަދަބޮޑެތި އޮޅުވާލުން އޮޅުވާލާ އޭނާގެސަބަބުން އެތައްބަޔަކު ޝަރީކުކުރެވޭމިނުބައިއަމަލު ނޭގިތިބެގެންކޮށް މަގުފުރެދިގެންްދާއިރުވެސް، ޝޭހު އިލިޔާސް އަފުރާޝީމަށް ތައުބާވުމަށް އެންގުމުގެބަދަލުގައި ހައްޤަށް އެދިއެދިތިބި އެތަކެއްމުސްލިމް އަޚުންނާއި އުޚުތުންނަށް އަފްރާޝީމަކީވެސް ހަމަ ޝޭހުއިލިޔާސްފަދަ ހައްޤަށް އެދޭމީހެއްކަމުގައި ތިޔަދެއްކިދެއްކުމަކީ ﷲތައާލާ ރުހިވޮޑިގަންނަވާނޭ އަމަލެއްކަމުގައި އިލިޔާސް ޤަބޫލުކުރަނީ ހެއްޔެވެ؟ ތިޔަކުރެވުނުކަމަކީ އަފްރާޝީމު މުސްލިމުންނައް ދީނީގޮތުން އޮޅުވާލިކަންތައްތައ އެއީތެދުކަމުގައި ދައްކައިދިނުމެވެ.
ދީން އޮޅުވާލައި ރަސޫލުއްލާހި ސައްލައްލާހި އަލައިހިވަސައްލަމް އަކީ ސޫފީއެއްކަމަށް ބުނި އިލުމުވެރިޔާ އެއްވެސް ޝަރުތެއްނެތި ހުރަހެއްނެތި އެޕޯޑިއަމްގައި ވާހަކަދައްކަންދިންކަމީ އިންތިޒާމުކުރުމުގައި އިސްކޮށްތިބި ޤާސިމު، ޔާމީން، ޝަހީމު އަދި އިމުރާން ފަދަމީސްމީހުން އިސްލާމުދީނަށް ހުރިލޯބި އަންގައިދިން ސާފުހެއްކެކެވެ.
އެއަފުރާޝީމު ސްޓޭޖައް އަރުވައިގެން ދީނަށް ނަސްރުދިނުމާއި ޕިއްލޭ، އަމީނާވަދޫދު އަދި ސަލްމާން ރުޝްދީ އެތަނައްއެރުވުމާއި ހުރިތަފާތަކީ ކޮބައިތޯއެވެ؟ އެއީ ހައްތަހާވެސް ދީނުގެ އަދުއްވުންނެވެ.
އިސްލާމީ ޝަރިއްއަތަކީ މިޒަމާނަށް ނުފެތޭއެއްޗެއްކަމަށް ފޮތްލިއުނު ހަސަން ސައީދުއަށް މައާފު ދެއްވީ ޝަހީމުތޯއެވެ؟ އޭނާވެސް ކުށެއްނެތް ސާފު ހުދު ފޮތިކޮޅެއްގެ ސިފައިގައި ތިޔަ ތަމްސީލުކޮށްދެއްވި ހިކުމަތެއްގެމޮޅުކަމާއެވެ. އިސްލާމް ދީންދެކެ ލޯބިވާ ﷲތައާލާގެ ރުއްސެވުންހޯދުމަށް ޤުރުބާންވާން ތައްޔާރައްތިބި އެތަކެއްހާސް އަޚުންނާއި އުޚުތުންނައް ތިޔަވީ ކޮންފަދަބޮޑު ހިޔާނަތެއްހެއްޔެވެ! ދީނައް ނަސްރުދިނުމުގެ ތެދުވެރި ނިޔަތުގައި ނިކުތް އަޚުންނާއި އުޚުތުން ލައްވާ ފާސިދުވެފައިވާ ބަޔަކަށް ވެރިކަން ހޯދައިދޭން ތިރޭވި ނުބައި ރޭވުމުގެ އަނިޔާވެރިކަމާއެވެ! އެހެންނޫންނަމަ މުޅި އެމްޑީޕީ ކިތަންމެ ބާރެއްލާފައި ނިކުތަސް ދީނަށް ނަސްރުދިނުންކަމުގައި ދަޅަދައްކައިގެން މުޒާހަރާރޭވިމީހުންގެ ހަގީގީ މަގުސަދަކީ ﷲތައާލާގެދީނަށް ނަސުރުދިނުން ކަމުގައިވީނަމަ ބައިވެރީން ކުރިމަތިލުމަށް ތައްޔާރައްތިއްބާ ކަލޭމެން ހިތައް ބިރުވެތިކަން ވަދެގެން ދުވެ ފިލާރައްކާވާކަށް ނުޖެހުނީހެވެ.
ކާބޯތަކެތި މިތަނައްގެނެސްދޭށޭ ގޮވާހެދުމުން އެގިގެންދިޔައީ ތިބިފިޔަވަޅުމަތީގައި މަޑުކުރަން ނިންމިކަން؛ އެމްޑީޕީއިން ހަރުގެއަށް އެއްވެ އެމީހުން "ގާސިމު ޔާމީން މިމީސްމީހުންގެ ގޭގެއަށް ވަދެގަންނަންވީއޭ" ގޮވިގޮވުމުން ނޭގިގެންނަމަވެސް އެހިފުނީ ބޮޑުމުޒާހަރާ ހިސާރުކޮއްގެންތިބި މީހުންގެ ބަލިފައިގައިއެވެ. މަގުސަދުތައް ހާސިލުވަންދެން ދިގުދަންމާނެކަމައް "އެގިފައިއޮތް" މުޒާހަރާ އަމިއްލަންފްސައް ބިރުން ކުއްލިގޮތަކަށް ނިންމާލަން ޕަޕެޓުންނަށް މަޖުބޫރުވީއެވެ.
3 - އިޒްރޭލުގެ ފްލައިޓްތައް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ނުދިނުން.
ކޮންމެހެން ކުރަންޖެހޭކަމެއް.
މިއާއެކު ފަލަސްތީންގެ ވޯޓުގައި ސަރުކާރުން އޮޅުވާލި އޮޅުވާލުމަށް ޖަވާބުދާރީކުރުވާ، އެކަމުގައި އިހުމާލުވީ ފަރާތްތަކަށް ހައްޤުއަދަބު ދިނުމަށާއި ކުރީސަރުކާރާއި މިސަރުކާރުން އިޒްރޭލާއި ވެފައިވާއެއްބަސްވުންތައް އުވާލަން ޑިމާންޑުކުރަންޖެހޭނެ.
4- ރާއްޖޭގައި ހިންގާ "ހަށިވިއްކާ ތަންތަން" (މަސާޖުކުރާ ތަންތަން) ބަންދުކުރުން
މިހާރުން މިހާރައް ކުރަންޖެހޭކަމެއް، ﷲތައާލާގެ ކޯފާއަށް ބިރުވެތިވެ ސަރުކާރަށްނުކުރެވެނީނަމަ ރައްޔިތުން ނުކުމެގެން ނިންމަންޖެހިފައިވާކަމެއް. މަސާޖުކުރާތަނުގެސަބަބުން ރާއްޖޭގައި އެއިޑްސް ފެތުރޭމިންވަރު ކަލޭމެނަށް ނޭގެނީހެއްޔެވެ. އަދި މިކަމުގެސަބަބުން ކުށެއްނެތް އެތަކެއްއަބިިން މިކަމުގެ ޝިކާރައަކަށް ނުވޭހެއްޔެވެ؟
މިކަން ރާއްޖެއަށް ތައާރަފްކޮއް ދިނީ ނަސްރީނާ ގެއެދުމަށް މައުމޫން އަބްދުލް ޤައްޔޫމް، މައުމޫނަށްފަހު ހަށިވިއްކުމުގެ ސަގާފަތް ދަމަހައްޓައި ދެނީ މިހާރުގެ ސަރުކާރުން. މީގައި ޝަހީމުގެ ހިއްސާވަރައްބޮޑު.
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރުކަމުގައި ޝަހީމުހުރެ މިކަން އެއްވެސް މިންވަރަކަށް މަނާކޮއްފައެއްނުވެއެވެ. އެކިއެކި ޖަލްސާތަކުގައާއި ފޯރަމް ތަކުގައި ފާޅުގައި ސަރުކާރައް ފާޑުކިޔާ ހެދިއިރުވެސް މިކަމުގެ ވާހަކައެއްނާދޭ. މިގޮތައް ފާޑުކިޔާހަދާފައިވާއިރު އިސްލާމިކް މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރުކަމުގައިހުރެ އެންމެ އިއުލާނެއްވެސް ޝަހީމު ނުކުރޭ، އާއަހަރު ފާހަގަ ކުރުމުގެ ގޮތުން އެތައް ތަނެއްގައި ބޮޑެތި ޑީޖޭތަކެއް ބާއްވަން ކާޑުބަހާ އިއުލާނުކޮށް ދަރުބާރުގެ ފަދަތަންތަން ކުއްޔައް ހިފާފައި ވަނިކޮށް، ޝަހީމު ވަނީ ފާޅުގައި އެކަން މަނާކޮށްފައި މިކަމުގައި ފުލުހުންގެ އެހީތެރިކަމައްވެސް އެދިފައި. ފުލުހުންގެ އެއްބާރުލުމާއެކު ޑީޖޭތައް ހުއްޓުވުނު ޝަހީމަށް މަޤާމެއްވެސްނުގެއްލޭ. އެހެންކަމުން ބާރު އޮވެމެ ހަށިވިއްކުމުގެ ވިޔަފާރި އޭރު ނުހުއްޓުވީ ކީއްވެ؟ ޝަޙީމުއަށް ތަލްގީނުކިއުމާއި ފަތިސްނަމާދުގެ ބައެއްގެގޮތުގައި ގުނޫތުކިއުން ނުހުއްޓުވީ ކީއްވެ؟
ދީނަށްނަސްރުދިނުމައްޓަކައި މިކަންފެއްޓުމުގެގޮތުން ފުރަތަމަ އިސްބައިވެރީންކަމުގައިވާ ތަސްމީނުގެ ރީތިރަށް ރިސޯޓުގައި ހުރި ކްރިސްޓިއަން ފަތުރުވެރީންނަށް ކައިވެނިކޮށްދެމުންއަންނަ ޗާޗު އާއި ސްޕާގެނަމުގައި ހިންގަމުންގެންދާ ހަށިވިއްކާތަންތަނާއި ޤާސިމު ހިންގަމުންގެންދާ ހަށިވިއްކާތަންތަން ބަންދުކޮށް ކަލޭމެންތިޔައުޅެނީ ދީނަށް ނަސްރުދޭންކަން އަމަލުން ސާބިތުކޮށްދީބަލާށެވެ. މިއިން އެންމެތަނެއް ބަންދުކުރާއިރަށްވެސް މިވެރީންގެ ހަގީގަތް ފާޅުވާނެއެވެ.
5- މީހުން ދިރިއުޅޭ ރަށްރަށް ފަޅުކޮށްގެން ބަނގުރާ ވިއްކުން ހުއްޓުވުން
ކީއްވެތޯ ރާއްޖޭއަށް ރަލާއި އޫރުމަސް އެތެރެކުރުން މަނާކުރަން ބޭނުންނުވީ؟ މިކަމުގައި ސުވާލެއް އުފެއްދުމުގެ ބަދަލުގައި ޖަވާބެއްދޭނަމެވެ. ޝަހީމު މިނިސްޓްރީއިން އިސްތިއުފާދިނުމައްފަހު ބަދަލުވީ ގާސިމް އިބުރާހިމުގެ މުސާރަވެރިއަކަށެވެ. އެއްށްފަހު އޭނާ އެންމެން ހައިރާން ކޮއްލުވީ ރިބާއާބެހޭގޮތުން ފަތުވާދެއްވަމުން އައިގޮތައް ގެންނެވި ހާއްސަ އަޕްގްރޭޑަކުންނެވެ. އެއީ އެފައިސާ ހަލާލު ކުރެވޭނޭ އުކުޅެކެވެ. ގާސިމަށް ރިބާގެ ވިޔަފާރިހުއްދަކޮއް ދިނުމައްފަހު މިއުޅެނީ ޤާސިމުމެންގެ ރާވިކޭމިންވަރަށް އުނިކަންއަންނާނެތީ މިވެރީންނަށް ބައިނޭޅޭތަންނަނުގައި ރާވިއްކިޔަނުދޭށެވެ. ދީނަށްނަސްރުދޭގޮތަކީ މީހެއްޔެވެ؟ ތަސްމީނެވެ މުގުރި ވަހީދުއަތުން އަތުވި 123ފުޅިބަގުރާ އެއީ އޭނާގެއަތަށް ކާކުގެބަފައެއް ވިއްކަންފޮނުވި އެއްޗެއްހެއްޔެވެ؟ އެކަންވަޅުލާ ފަސްއެޅީ ކާކުގެ ހޯމްމިނިސްޓަރު ކަމުގައިހެއްޔެވެ؟ އެކަމު ނިކުމެވަޑައިގެން ތިހުންނެވީ ހަމަ ދީނަށް ނަސްރުދެއްވަންދެއްތޯއެވެ؟
ރިސޯޓުތަކުގައި އެތައްބައިވަރު މުސްލިމުންނެއް ވަޒީފާއަދާކުރެއެވެ. ގެސްޓުންގެ ގޮތުގައި އަންނަ މުސްލިމުންނައް އެތަންތަނުން ރާވިއްކައެވެ. މީހުން ދިރިއުޅޭ ރަށްރަށް ފަޅުކޮށްގެން ބަނގުރާ ވިއްކުން ހަރާމް ވެފައި ރިސޯޓުތަކުގައި ބަނގުރާ ވިއްކުން ހަލާލުކަމައް އެބުނީ އެވެރިން އެތިބީ އާހިރަތްވިއްކާލާ ނަޖިސްފައިސާއިން ދުނިޔެގަނެގެން ކަމުގައިވީތީއެވެ.
މުޅިމިހަރަކާތް ފެށިގެން ނިމުނުއިރުވެސް އިސްލާމީ ޝަރާއަތް ފާޅުގައި މުގުރަމުން އަންނަ މީހުންގެ ނަންވެސް ނުގަނެއެވެ.
މިކަން ރައްދުވާ ފަރާތަކީ ގާނޫން އަސާސީއިން އިސްލާމީ ޝަރިއްއަތާހިލާފުނުވާގޮތުގެމަތީން ހުކުމް ކުރެވެން އޮވެމެ އިސްލާމީ ޝަރީއަތުގެ ހުކުމާއި ކަޑައެޅިގެންހިލާފައް ކޯޓުތަކުގައި ހުކުމް ކުރާ ފަޑިޔާރުންނަށެވެ. މިމީހުން މިކަންކުރަނީ ސީދާ ޝަރީއަތުގެ މަޖިލީހުގައި އިސްލާމީ ޝަރީއަތާއި ކަޑައެޅިގެން ހިލާފައް ކުރާހުކުމް ތަކުންނެވެ. އެންމެފަހަރަކުވެސް، މިވެރީންގެ ވާހަކައެއް ސްޓޭޖުމަތިންނެއްނީވެއެވެ. ވާނީވެސް އެހެންތާއެވެ. އެތާމަތީގައި އިސްކޮށް ތިއްބެވިޝޭހުންގެ ވާފަށުގައި ހިފައިގެން ތިބީ ދޫނިރާއްޖޭގެ އެންމެގިނައިން ރާވިއްކާމީހާއާއި، ރައްޔިތުންގެ ފައިސާއިންބއެންމެ ބޮޑު ލޯނު ނަގައިގެންހުރިމީހާއާއި އަތޮޅުތަކުގެ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ ބޮޑު ވިޔަފާރިފެށި ރަތްލާޖެހި ވިޔަފާރިވެރިޔާއާއި ނެތްހުކުމެއް ގެނެސްގަނެ އޮތްހުކުމެއް ބާތިލުކުރި، ޑްރަގު އެތެރެކުރާމީހުން މަރާނެކަމަށް ، ވައްކަންކުރުމުން އަތެއްނުކަޑާނޭކަމަށްބުނި މުއްލާއާއި، އިސްލާމީޝަރީއަތް މިޒަމާނަށް ނުފެތޭކަމަށްބުނެ ފޮތްލިއުނު ހަސަނާއި އެންމެ މޮޅައް މިއުޒިކާއެކު ލަވަވިދާޅުވާ މަހުލޫފު އާއި މުސްލިމުން މަގުފުރެއްދުމުގައި އިސްކޮށްހުރި އެޖެންޓު ޝޭހުޖަރާސީމު އެވެ. މިދެންނެވި އެންމެންގެ މަސްލަހަތުއޮތީ ހުކުމްކުރަންތިބި ޤާލީންގެ މުށުރޭގައެވެ. ތަނުގައިތިބި ރަގަޅު އިލުމުވެރީ އަގައިން ބަހެއްނުބުނެތިބިއިރު އިސްވެ ބަސްބުނަންތިބި ޝޭހުންތިބީ ގައުމުގައިތިބި އެންމެބޮޑެތި ޚާއިނުންގެ ޕަޕެޓުންގެގޮތުގައެވެ.
ޝަހީމު އިމުރާން އަދި އިލިޔާސް ތިތިބީ ފޭލިވެފަ ދެނެއް މުއުމިނުންގެ ގަޔަކަށް ކައްޓެއްނުޖެހޭނެ. މިގައުމުގައި އިސްލާމީ ޝަރީއަތް ގާއިމުކުރުމަށް ފަހިވިމަގު އަމިއްލަ އެދުމައިގެން ތިޔައުޅުނީ ބަންދުކުރަން،
އިންޝާ ﷲ ފައިސާއާއި މުދަލާ ބާރުގެ ދަހިވެތިކަމުގައި ހައްޤަށްއެދޭ މުސްލިމް އަޚުނަނާއި އުޚުތުންނަށް ހަޤީޤަތްއޮޅުވާލައިގެން އެމީހުންގެ އެއްބާރުލުންހޯދަންއުޅޭ އެއްވެސް ފަރާތަކަށް ކާމިޔާބު ނުދެއްވާށި އާމީން.
